Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ވިސާމް ސަފީރުކަމުން އިސްތިއުފާދެއްވައި

ރާއްޖޭން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވިސާމް އަލީ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުން ސަފީރުގެ މަގާމު އަދާކުރައްވަމުން ގެންދެވީ 2019 އިން ފެށިގެންނެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވަނީ މަގާމުގައި ހުންނަވައިގެން ވިސާމް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ހައި ކޮމިޝަނަރެވެ.