Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

އައްޑޫ ޖިންސީ ގޯނާގެ މައްސަލަ: އިދާރާތައް ހާޒިރުކުރާ ކޮމިޓީ ސިއްރު

މަޖިލީިހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް

އައްޑޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައި މިއަދު ބޭއްވުމަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި މިއަދު މެންދުރު 13:00 އަށް ތާވަލުކޮށްފައިވާ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމަށް އޮތީ މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް، ޖެންޑާ މިނިސްޓްރީ، އެޗްއާރްސީއެމް، އެޑިއުކޭޝަން މިނިސްޓްރީ އަދި އައްޑޫސިޓީ ކައުންސިލް ހާޒިރުކޮށް މައުލޫމާތުސާފުކުރާގޮތަށެވެ.

މި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފައިވާއިރު، ކުޑަކުދިންނާ ގުޅޭ މިފަދަ ބައްދަލުވުންތައް އަބަދުވެސް ކުރިއަށްގެންދަނީ ސިއްރުކޮށްގެނެވެ.

ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިމައްސަލަ ބަލަންފަށާފައިވަނީ އައްޑޫމީދޫ ދާއިރާގެ މެމްބަރު މި މައްސަލަ ބަލައިދިނުމަށްއެދި ކޮމިޓީއަށް ހުށަހެޅުމުންނެވެ.

މިމައްސަލައިގައި އެންމެފަހުން ބޭއްވި ކޮމިޓީބައްދަލުވުމުގައި މެމްބަރުން ވަނީ މިމައްސަލައިގައި ކުއްޖާ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްވުރެއް މައްސަލައިގެ ފޯކަސް ބަދަލުކުރުމަށް ބަޔަކު މަސައްކަތްކޮށް މިމައްސަލަ ސިޔާސީ ކުރުމަށް އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.