Last Updated: July 17, 10:37
Friday, July 17, 2026
ޚަބަރު

ސައުދީން އިފްތާރު ޕެކޭޖުތަކެއް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް އިފްތާރް ޕެކޭޖްތަކެއް ހަދިޔާކޮށްފި އެވެ.

މި އިފްތާރް ޕެކޭޖުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވީ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ސައުދީ ސަރުކާރުން ރާއްޖެ އަށް ދީފައިވަނީ 200 އިފްތާރް ޕެކޭޖު ކަމަށެވެ. އެގޮތުން މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ސައުދީ ސަރުކާރުން މިދިޔަ އަހަރު ވެސް ރާއްޖެ އަށް އިފްތާރް ޕެކޭޖުތަކެއް ހަދިޔާކޮށްފައިވެ އެވެ. އަދި އެގައުމުން އަންނަނީ ކޮންމެ އަހަރަކު ރާއްޖެ އަށް ކަދުރު ވެސް ހަދިޔާކުރަމުންނެވެ.