Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

އައްޑޫ ޖިންސީ ގޯނާގެ މައްސަލަ: ބަންދުގެ އަމުރު ބާތިލްކުރަން ހައިކޯޓަށް

އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުންކުރި އަމުރު ބާތިލް ކުރަން ހައިކޯޓަށް ހުށައަޅައިފި އެވެ.

ސްކޫލުގައި ކިޔަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހްމަތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިތަދޫއިން ހައްޔަރުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ އަމުރު ބާތިލް ކުރަން އަންހެން މީހާގެ ފަރާތުން ކޯޓަށް ހުށައެޅީ މިއަދު އެވެ.

އޭނާ ބަންދުގައި ބަހައްޓާފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި އެވެ.

ޖިންސީ ގޯނާކުރުމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިވާ އެ އަންހެން މީހާ ވަނީ ފްރޭމްމޮށްފައިކަމަށް އެމީހާގެ އާއިލާ މީހުންނާއި ބައެއް މީހުން ގެންދަނީ ބުނަމުންނެވެ. އަދި ކުޑަކުއްޖާގެ ބަހެއް ފުލުހުން ނުހޯދާ އެ އަންހެން މީހާ ބަންދުގައި ބެހެއްޓުމުން ބައެއް ފަރާތްތަކުން ކަންބޮޑުުވުން ފާޅުކުރަމުން އަންނައިރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ބަލަން ފަށާފަ އެވެ.