މާފުށީ ޖަލުގެ ގައިދީންނާާއި އޮފިސަރުންނަށް ފުޓްސަލް ދެ ދަނޑު ތަރައްގީކުރުމަށް ނިންމައިފި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނަަށްވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަ ޖެހޭ ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަަަށެވެ.
މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަށްވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަޖެހޭކަމަށް @MoYSCEmv އިން ދެކޭތީ އަދި @CorrectionsMv ގެ އެދުމުގެ މަތިން، ގައިދީން އަދި އޮފިސަރުންނަށް 2 ފުޓްސަލް ދަނޑު ތަރައްގީކޮށްދިނުމަށް އެއިދާރާއާއި ވަނީ ހަވާލުކުރެވިފަ. pic.twitter.com/MCedbNczAY
— Ahmed Mahloof (@AhmedMahloof) April 7, 2022
އެ ފުރުސަތު ތަނަވަސްކޮށް ދިނުމަަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދިފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
އެގޮތުން ގައިދީން އަދި އޮފިސަރުންނަށް ފުޓްސަލް ދެ ދަނޑު ތަރައްގީ ކުރުމަށް އެ އިދާރާއަށް ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.