Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ރޯދަ ރަހަ: އޮރެންޖް މޫސް ކޭކް

* ބޭނުންވާ ތަކެތި:

2 އޮރެންޖް (މިކްސަރުން ގިރާފައި)
¼ ޖޯޑުފުށް
1 ޖޯޑު ކިރު (ގިރާފައި)
¼ ޖޯޑު ހަކުރު
¼ ޖޯޑު ވިޕްޑް ކްރީމް
¼ ޖޯޑު ވައިޓް ޗޮކްލެޓް

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތައްޓަކަށް ގިރާފައި އޮރެންޖް ޖޫސް، ފުށް، ކިރު، ހަކުރު އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާނީ އެވެ. ދެން އޭގެ ތެރެއަށް ވިޕްޑް ކްރީމް އަޅާލުމަށް ފަހު އެއްކޮށްލައި ތަވަޔަކަށް އުދުންމައްޗަށް އުދާލާ މަޑުގިނީގައި ބަހައްޓާ ހަލަމުން ގެންދާށެވެ. އޭގެތެރެއަށް ވައިޓް ޗޮކްލެޓް އަޅާލާ މެލްޓްވަންދެން ހަލާށެވެ.
އެއަށް ފަހު ޓްރޭއަކަށް އަޅާލައި ފިނިކުރުމަށް ފްރިޖަލާށެވެ. ރަނގަޅަށް ފިނިވުމުން ނަގާފައި އޭގެ މައްޗަށް ހިކި ކިރު ކޮޅެއް ނުވަތަ އަލުން ވިޕް ކްރީމް ކޮޅެއް ނުވަތަ ތުނިކޮށް ވައްކޮށް އޮރެންޖް ކޮށާފައި ވެސް އަތުރާލެވިދާނެ އެވެ.