އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާ މެމްބަރުންނާ އެކު ވެސް ކޮރަޕްގެ އެއްވެސް މައްސަލައެއް ނުބެލޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަހުމަދު ވިދާޅުވެއްޖެ އެވެ.
މަގާމަށް ހަވާލުވެވަޑައިގަތް ފަހުން އާ މެމްބަރުން މިދިޔަ ހަފުތާގައި ބޭއްވި ނޫސް ކޮންފަރެންސްގައި ދެއްކެވި ވާހަކަތައް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ އޭސީސީގެ އާ މެމަބްރުން ވެސް ތިއްވަން ޖެހިވަޑައިގަންނަވާނީ ވަޒީފާ ގެއްލިދާކަމުގެ ބިރުވެރިކަމުގެ ތެރޭގައި ކަމަށެވެ. އެހެންވެ ކޮރަޕްޝަންގެ މައްސަލަތަކެއް ނުބެލޭނެ ކަމަށް ވިދާޅުވި އެވެ.
އަލަށް އައްޔަންކުރި @ACC_Maldives އިން ކޮރަޕްޝަންގެ ވާހަކަ ހުއްޓާލާނީ @ibusolih އާ ހަމަވުމުން.ވެންޓިލޭޓަރ ވައްކަން ނުބެލޭނެ.ރައީސަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ މައްސަލަ ނުބެލޭނެ. ވަޒީފާގެ ބިރުއޮވެ ތިކަން ނުވާނެ.އެޕާޓީން އެވާހަކަ އެދައްކަނީ.ރޯޔަލް ރޭޕް، ކޮރަޕްޝަން ބެލޭތޯ؟ pic.twitter.com/RVBnu4HR0a
— Mohamed Jameel Ahmed (@MJameelAhmed) April 7, 2022
ޖަމީލު ވިދާޅުވީ އޭސީސީގެ އާ މެމްބަރުން ވެސް ކޮރަޕްޝަންގެ ވާހަކަ ހުއްޓާލާނީ ރައީސް ސޯލިހާ ހިސާބުން ކަމަށެވެ.
"ވެންޓިލޭޓަރު ވައްކަން [ވެސް]ނުބެލޭނެ. ރައީސަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ މައްސަލަ [ވެސް] ނުބެލޭނެ. ވަޒީފާގެ ބިރުއޮވެ ތިކަން ނުވާނެ. އެ ޕާޓީން [އެމްޑީޕީން] އެ ވާހަކަ އެ ދައްކަނީ. ރޯޔަލް ރޭޕް، ކޮރަޕްޝަން ބެލޭތޯ؟" އޭނ ވިދާޅުވި އެވެ.