Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނުރައްކާތެރި ކުށްވެރިންނަށް 100 ޓެގް ގެނެސްފި

ނުރައްކާތެރި ކުށްވެރިން މޮނިޓަކުރަން އަޅުވާ ޓެގްތަކެއް ރާއްޖެ ގެނެސް، ޓެގްތައް އެޅުވުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ޓެގް އަޅުވަން ޖެހޭ 100 އެއްހާ ކުށްވެރިން ތިބުމާ އެކު، މި ފަހަރު ގެނެސްފައި ވަނީ 100 ޓެކެވެ. މި އަހަރުގެ ބަޖެޓްގައި ޓެގް ގެންނަން ހިމަނާގައި ނެތަސް، ގިނަ އަދަދެއްގެ ޓެގްތަކެއް ގެންނަން ނިންމީ ޓެގް އަޅުވައިގެން މޮނިޓަކުރަން ޖެހޭ ކުށްވެރިންތަކެއް ތިބުމާ އެކީ އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ޓެގްތައް ގެނައީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެންނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުމަރު ނަސީރުގެ ހޯމް މިނިސްޓަރުގައި މަގާމުގައި ހުންނަވަނިކޮށެވެ.