Last Updated: July 13, 18:21
Monday, July 13, 2026
ޚަބަރު

ކެންސަރު އިތުރުވާ ސަބަބުން ހޯދަން ދިރާސާއެއް

ރާއްޖޭގައި ކެންސަރު ބަލި އިތުރުވަމުންދާހީ އޭގެ ސަބަބު ހޯދަން މިހާރު ދިރާސާއެއް ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ބޭއްވި ރޭ ބޭއްވ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާ ގުޅިގެން ދިރާސާކުރުމަށް މިހާރު ފަށާފައިވާ ކަމަށެވެ.

"ކެއިން ބުއިމާއި މާހައުލުގެ ޒަރީއާއިން ކުރިމަތިވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް، އަދި ވަކިން ހާއްސަކޮށް ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް، ޑަބްލިޔުއެޗްއޯއާ ގުޅިގެން ދިރާސާކުރުމަށް ވަނީ ފެށިފައި." މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމު ވިދާޅުވީ މީގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާ އެކު، ރައްޔިތުންނަކީ ސިއްހީ ކަންކަމަށް ހޭލުންތެރިވެ، އެކަންކަމަށް ފަރުވާ ބަހައްޓާ ބަޔަކަށް ހެދުން ކަމަށެވެ. އަދި އެކި ކަހަލަ ބަލިމަޑުތަކާއ ގުދުރަތީ އެކިއެކި ކާރިސާތަކުގައި ވިލުންވެރި ބަޔަކަށް ދިވެހިން ހެދުން ކަމަށް ވިދާޅުވި އެވެ.