Last Updated: July 21, 11:26
Tuesday, July 21, 2026
ޚަބަރު

އެމްޓީސީސީން ގައުމީ މެސެޖެއް؛ ބަލާލަމާ!

އެމްޓީސީސީ އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. މިއީ ރާއްޖޭގެ ތަރައްގީއާ ގުޅުން ހުރި އެތައް މަޝްރޫއެއް ހިންގައި އަދި އެތައް މަޝްރޫއެއް މިހާރު ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުން ރަނގަޅު ފުރުސަތުތަކެއް ހޯދަން ބޭނުން ނަމަ އެމްޓީސީސީ އިހުތިޔާނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ.

ކުރިއަށް ދެވޭނެ އެތައް ދާއިރާއެއް މި ކުންފުނީގައި އެބަހުއްޓެވެ. އެމްޓީސީސީން އަންނަނީ ފުރުސަތުތައް ހުޅުވާލައި، ހުނަރުވެރި ޒުވާނުން ބިނާކުރަން ވެސް އެތައް މަސައްކަތެއްކުރަމުންނެވެ. ޒުވާނުން މަގުއިޅި، ހަޔާތުގެ ދަތުރު މިސްރާބުން ނެއްޓިޔަ ނުދިނުމަށްޓަކައި އެމްޓީސީސީ ހިޔާރުކުރުން ކިހިނެއް ވާނެ ބާ އެވެ؟

ހަމަ ޔަގީނުން ވެސް މިއީ މަގު ދައްކައިދޭނެ ކުންފުންޏެކެވެ. ޒުވާނުން ހަމަގަށް އަޅުވައިދީ ހަރުދަނާ ބަޔަކަށް ވެސް ހައިދޭނެ ކުންފުންޏެވެ. އެހެވެޗެ އެމްޓީސީސީ އަކީ "ރައްޔިތުންގެ އެކުވެރިޔާ" އެވެ. މި ފަހަރު މި މެސެޖް އެ ކުންފުނިން ދެނީ ކުޑަވަރެއްގެ ފިލްމަކުންނެވެ.

ޔޫޓިއުބަށް ދޫކޮށްލާފައިވާ "އެމްޓީސީސީ ރައްޔިތުން އެކުވެރިޔާ" އަކީ މަގު ކަސިޔާރުވާ ޒުވާނަކާ ހެދި އާއިލާއަކަށް ޖެހޭ ހާލާއި ފަހުން އެމްޓީސީސީން ލިބޭ ފުރުސަތެއްގެ ތެރެއިން އޭނާ ހަރުދަނާ، ޒިންމާދާރު މީހަކަށް ވެގެން ދާނެ ގޮތް ދައްކުވައިދޭ ކުރު ފިލްމެކެވެ. މި ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ކުރިން އެލައިޑް އިންޝުއަރެންސަށް ހިތްގައިމު އެތައް އިޝްތިހާރެއް ހެދި ނިއުޝާދު ޝަރީފެވެ.

އެމްޓީސީސީގެ މި ކުރު ފިލްމުން ދޭ ފިލްމު މެސެޖް ބަލާލަމާ ހިނގާށެވެ. ޔަގީނުން ވެސް މިއިންދޭ މެސެޖާ މެދު ފުންކޮށް ވިސްނައިލަން މަޖުބޫރުވާނެ އެވެ.