Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

މަސްވެރިންގެ އަޑުއެހުމަށް މިނިސްޓަރު ކޫއްޑޫގައި

މަސްވެރިންގެ އަޑުއެހުމަށް ގއ. ކޫއްޑޫގައި ހުންނެވިކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ދެކުނަށް މަސްކިރާގޮތް ބަލާ މަސްވެރިންގެ ކަންބޮޑުވުމާއި ޝަކުވާ އަޑުއެހުމަށް ގއ. ކޫއްޑޫގައި ހުންނެވި ކަމަށެވެ.

މިނިސްޓަރު ކޫއްޑޫގައި ހުންނެވިއިރު، މިދުވަސްވަރު ދެކުނަށް މަސް ކިރާވަރު އިތުރުވެ، ގިނަ ދޯނިތަކެއް މަސް ކިރުމަށްދާތީ މިފްކޯއިން މަސް ގަންނަ އަދަދުވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ސަރުކާރުން މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެފައިވާއިރުު، އެ ވައުދުތައް ނުފެއްދޭތީ މަސްވެރިންގެ ޝަކުވާ އެބައޮތްކަމަށް އެމްޑީޕީގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.