Last Updated: July 17, 06:30
Friday, July 17, 2026
ދީން

ހަރަމްފުޅުގެ ތެރޭގައި މާރާމާރީ ހިންގައިފި

އުމުރާ އަށް ގޮސް ތިބި ބައެއްގެ ތެރޭގައި މިދިޔަ ބުރާސްފަތި މާރާމާރީ ހިންގި މައްސަލައެއް ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން ބަލަން ފަށައިފި އެވެ.

މި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފައިވެ އެވެ. އޭގައި ބުނެފައި ވަނީ މާރީމާރީއެއް ހިންގީ އުމުރާ އަށް ގޮސް ތިބި ދެ މީހެއްގެ މެދުގައި ކަމަށާއި އެ މީހުން މާރާމާރީ ހިންގަން ފެށުމުން އެ ސަރަހައްދުގައި ތިބި އިތުރު ބަޔަކު އެކަން ހުއްޓުވަން މަސައްކަތްކުރި ކަމަށެވެ.

ވީޑިއޯ ފެންނަ ގޮތުގައި މާރާމާރީ ހިންގި ދެ މީހުންގެ ތެރެއިން އެކަކު "ފުންމަފުންމައިގެން" ގޮސް އަނެއް މީހާ އަށް ހަމަލާދޭ ތަން ފެނެ އެވެ. އަދި އެކަން ހުއްޓުވަން ބަޔަކު މަސައްކަތްކުރާ ތަން ފެނެ އެވެ.

މި ހާދިސާއާ ގުޅިގެން ސައުދީގެ ސަލާމަތީ ބާރުތަކުން ކުރި ޓްވީޓެއްގައި ބުނީ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަަށެވެ. އަދި މާރާމާރީ ހިންގި ދެ މީހުންނަަށް ފިޔަވަޅު އަޅާފައިވާ ކަމަށް ބުންޏެވެ.