އެލައިޑްގެ "ރަމަޟާން މޮޓޯ ކެމްޕެއިން" ފަށައިފި އެވެ.
އިއްޔެ އިން ފެށިގެން މި މަހުގެ 22 ނިޔަލަށް ކުރިއަށް ގެންދާ ހަމަޖެހިފައިވާ މި ކެމްޕޭންގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ވަރަށް ހެޔޮ އަގެއްގައި ލިބޭނެ އެވެ. އަދި ކޮންމެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކާ އެކީ، ގޭތެރޭގައި ހުންނަ ސާމާނު ރައްކާތެރިކުރެވޭ ހޯމް ކޮންޓެންޓް ޕްލޭންގެ ވައުޗަރެއް މުޅިން ހިލޭ ލިބޭނެ އެވެ.
އެއްލައްކަ ފަންސާސްހާސް ރުފިޔާގެ ސާމާނަށް ކަވަރޭޖް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ޕްލޭނަކީ އޮންލައިންކޮށް www.myallied.mv އިން ރެޑީމްކޮށްލެވޭ، ބޭނުން ފަރާތަކަށް ހަދިޔާ ވެސް ކޮށްލެވޭނެ ކަމަށް އެލައިޑުން ބުންޏެވެ.
Introducing heavily discounted rates of Comprehesive Motor plans via “Ramadan Motor Campaign” launch @tvmaldives Contact us at 1600 for more information. #RamadanMotorCampaign #TodaysHighlights pic.twitter.com/P7Uj64hYaS
— Allied Insurance (@alliedmv) April 8, 2022
މި ޕްރޮމޯޝަންގައި 20-25 ޕަސެންޓުގެ ބޮޑެތި ޑިސްކައުންޓް ކެއް ލިބޭނެ އެވެ. އަދި މޮޓޯ ކެމްޕެއިންގައި ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސް އިން ސައިކަލު ރައްކާތެރިކުރުމުގެ އަގު އެވްރެޖްކޮށް 695ރ. އާއި ހަމައަށް ތިރިކޮށްފައިވާ އިރު ކާރު، ޖީޕް ފަދަ އުޅަނދު ރައްކާތެރިކުރުމަށް ހޭދަވަނީ 2,875ރ. އެވެ.
ވެހިކަލަށް ފުރިހަމަ ރައްކާތެރިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއިން ރައްކާތެރިކަން ލިބޭ އާންމު ހާލަތްތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމުން ލިބޭ ގެއްލުންމާއި މީހުން ގަސްދުގައި ދޭ ގެއްލުމުގެ އިތުރުން މަތިން އެއްޗެއް ވެއްޓިގެން އުޅަނދަށް ލިބޭ ގެއްލުންތަކާއި އެހެނިހެން ހާލަތްތައްވެސް ހިމެނެ އެވެ.