Last Updated: April 24, 12:03
Wednesday, April 24, 2024
ރިޕޯޓް

ރޯދަ ރަހަ: ފުރުޓް ކަސްޓަޑް

* ބޭނުންވާ ތަކެތި:

2 ޖޯޑު ފެން
1 ޖޯޑު ގެރިކިރު
3 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރު
2/3 ޖޯޑު ދަޅުގައި ބަންދުކުރި މޭވާ (ފުރުޓް ކޮކްޓެއިލް)

* ތައްޔާރުކުރާނެ ގޮތް:

މޭވާ ނޫން އެހެން ހުރިހާ އެއްޗެއް ތެއްޔަކަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކައްކަން އުދާށެވެ. ގިނި ބަހައްޓާނީ މެދުމިނެއްގައެވެ. ފުލުގައި ހިފިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ހަލާލަން ވާނެއެވެ. ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކެން ފަށާނެއެވެ. އެހެންވާ ހިސާބުން ފަށައިގެން ކެކި ނިމެންދެން ގެންދަންވާނީ ހުއްޓާނުލާ ހަލަމުންނެވެ.
އޮލަވަންދެން މިގޮތަށް ކައްކަމުން ގެންދާށެވެ.
ކަސްޓަޑުގަނޑު އޮލަވީމާ އުނދުން ނިވާލާށެވެ. ދެން މޭވާކޮޅު އެއްކޮށްލާށެވެ. ބޭނުމިއްޔާ ގާނިޝްކޮށްލަން އެތިކޮޅެއް ބަހައްޓާފައި ވެސް މިކަން ކުރެވިދާނެ އެވެ.

ދެން އެއްޗަކަށް އަޅާފައި ފިނިކުރަން ފްރިޖްގައި ބަހައްޓާށެވެ.