މިހާރު ވެސް މީޑިއާ ނެޓްވޯކެއްގެ ގޮތުގައި މަޝްހޫރު ޑިސްކަވަރީ މީޑިއާ ވޯނާއާ ގުޅާލައި ވަރުގަދަ ސްޓްރީމިން ސާވިސްއަކަށް ތައްޔާތުވެއްޖެ އެވެ.
މިކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ވޯނާ މީޑިއާ އާއި ޑިސްކަވަރީ ގުޅައިލަން ނިންމިކަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ޑިސްކަވަރީ އަށް މި ގެނައި ބޮޑު ބަދަލާ އެކު އާ ކުންފުންޏަށް ދިން ނަމަކީ "ވޯނާ ބްރޮސް ޑިސްކަވަރީ" އެވެ. މީގެ ސީއީއޯ އަކީ ޑޭވިޑް ޒަސްލާވް އެވެ.
Today, we are proud to announce that WarnerMedia and Discovery, Inc. are now Warner Bros. Discovery. Follow @wbd for all new company updates.
Learn more: https://t.co/EGcJ0A29t8 pic.twitter.com/Rjv121upRr
— WarnerMedia (@WarnerMedia) April 8, 2022
އާ ކުންފުނި ރަސްމީކޮށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ފަށައި ގަންނާނީ މާދަމާ އެވެ. އަލަށް މި ގެނައި ބަދަލާ އެކު ދެން ސީއެންއެން އާއި އެޗްބީއޯ އާއި ޓީއެންޓީ ޓާނާ ސްޕޯޓްސް ވެސް ހިންގާނީ އާ ކުންފުނީގެ ދަށުންނެވެ. އަދި ކުރިއެކޭ އެއްގޮތަށް އެނިމަލް ޕްލެނެޓާއި ޓީއެލްސީ އާއި އެޗްޖީޓީވީގެ އިތުރުން ވޯނާ ބްރޮސް ވެސް ހިނގާނީ އާ ކުންފުނީގެ ދަށުންނެވެ.
މީގެ އިތުރުން އެޗްބީއޯ މެކްސް އާއި ޑިސްކަވަރީ ޕްލަސް ވެސް ކުރިއަށް އޮތް ތަނުގައި ގުޅާލައި އެކައްޗެއްގެ ގޮތުގައި ހިންގަން ރާވާފައިވެ އެވެ.
މި ބިޔަ ގުޅުމާ ބެހޭ ގޮތުން ޑޭވިޑް ވިދާޅުވީ އެންމެ ބޮޑު އެއް އަމާޒަކީ ނެޓްފްލިކްސް އާއި ޑިޒްނީ ފަދަ މަގުބޫލު ސްޓްރީމިން ޕްލެޓްފޯތަކާ ވަރުގަދަ އަށް ވާދަކުރުން ކަމަށެވެ.