Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ދެ މަހުގެ ކުނި ފީ ހަނިމާދޫގައި މައާފުކޮށް ދީފި

މި މަހާއި އަންނަ މަހު ގޭބިސީތަކުން ނަގާ ކުއްޔަށް ދައްކަން ޖެހޭ ފީ މައާފުކޮށްދޭން ހދ. ހަނިމާދޫ ކައުންސިލުން ނިންމައިފި އެވެ.

އެގޮތަށް ނިންމީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 42 ވަނަ ޖަލްސާގަ އެވެ. މި މަހާއި އަންނަ މަހުގެ ކުނީގެ ފީ މައާފުކޮށް ދީފައިވާތީ މި ދެ މަހަށް ރައްޔިތުން ކުނީގެ ފީއަށް އެއްވެސް ހޭދައެއްކުރާކަށް ނުޖެހޭނެ އެވެ.

ކައުންސިލުން ބުނި ގޮތުގައި މި މަހާއި އަންނަ މަހަށް ކުނީގެ ފީ ދައްކާފައިވާ ނަމަ، އެ ފައިސާ ޖޫން އާއި ޖުލައި މަހުގެ ފީ އަށް ބަދަލުކުރެވޭނެ އެވެ.

"އަދި ޖޫން މަހުގެ ކުނި ފީ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދެއްކެވުމަށާއި، އަދި ކުރިއަށް އޮތް މަސްތަކުގެ ކުނި ފީ ކުރިއެކޭވެސް އެއްގޮތަށް ދައްކަވަމުން ގެންދެވުމަށް އަންގާ އިޢުލާން ކުރީމެވެ." ހަނިމާދޫ ކައުންސިލުން ބުންޏެވެ.