ފުލުހުންގެ ވަޒީފާ އަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ޝައުގުވެރިވާ 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ފުލުހުންގެ ވަޒީފާ އަށް ވަންނަން އެދޭ މީހުންނަކީ ގްރޭޑް 10 ނިންމާފައިވާ މީހުންނަށް ވާން ޖެހޭނެ އެވެ.
މީގެ އިތުރުން ފިރިހެނެއް ނަމަ އިސްކޮޅުގައި މަދުވެގެން 5 ފީޓް 1 އިންޗި އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓް ހަމަވާން ޖެހޭނެ އެވެ. އަދި އެޕްލައިކުރާ މީހުންނަކީ ފާއިތުވި ފަސް އަހަރު ކުށުގެ އެއްވެސް ރެކޯޑެއް ނެތް މީހަކަށް ވެސް ވާން ޖެހެ އެވެ.
ފުލުހުންގެ ވަޒީފާގެ މުސާރަ އާއި އިނާޔަތްތަކާ އެކު 11،421ރ. ލިބޭނެ އެވެ.