ފުވައްމުލަކަށް ވަންނަ ސަފާރީތަކުން ދުވާލަކު 500 ޑޮލަރުގެ ފީއެއް ނަގަން ނިންމައިފި އެވެ.
ކައުންސިލުން ބުނީ އެގޮތަށް ނިންމީ ޖެނުއަރީ މަހުގެ 12 ގައި ބޭއްވި ކައުންސިލްގެ 33 ވަނަ ޖަލްސާގައި ކަމަށެވެ. އެހެންވެ މިހާރު ނިންމާފައި އޮތީ މި މަހުން ފެށުގެން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރު (7,725ރ.) ނެގުމަށެވެ.
ކުރިން ފީއެއްގެ ގޮތުގައި ދުވާލަކަށް ނަގަމުން އައީ 50 ޑޮލަރު (772ރ.) އެވެ.
އިޢުލާން
އިޢުލާނު ނަންބަރު: IUL- 468-HR/468/2022/80ފުވައްމުލައް ސިޓީ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ “ފީ” އާއި ގުޅޭ
އިތުރު މަޢުލޫމާތު: https://t.co/2ZqEkuXgLb#FuvahmulahCityCouncil #Fuvahmulah #HarborFee
10.4.2022 pic.twitter.com/deoFKYVHbI— Fuvahmulah City Council (@FVMCouncil) April 10, 2022
ފުވައްމުލަކަކީ ރާއްޖޭގެ އެންމެ ދެކުނުގެ އެއް ސިޓީ އެވެ. އަދި ރާއްޖޭގައި ހަމައެކަނި އެއް ރަށެއްގެ ގޮތަގައި އޮތް އަތޮޅު ވެސް މެ އެވެ.
ގެސްޓްހައުސް ވިޔަފާރި ވެސް ފުޅާވަމުން އަންނަ ފުވައްމުލަކަށް އެކި ދުވަސްވަރު ސަފާރީތައް ޒިޔާރަތްކުރެ އެވެ.
ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރުގެ ފީއެއް ނަގަން ނިންމި އިރު، މިހާރު ފުވައްމުލަކު މޭޔަރުގެ މަގާމުގައި ހުންނެވި އިސްމާއީލް ރަފީގު 2019 ގައި ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ސިޓީ އަންނަ ސަފާރީތަކުން ކައުންސިލަށް އާމްދަނީ ލިބޭނެ އުސޫލެއް ހަދައި ރަށުން ބޭރުގައި އެންކަކޮށް، ޑައިވިންކުރާނެ އުސޫލުތަކެއް ވެސް ހެދުން މުހިއްމު ކަމަށެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަކީ ވެސް ފަހަކަށް އައިސް ސަފާރީތަކާއި ކްރޫޒްޝިޕްތަކުގެ މަންޒިލެކެވެ.