Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ހާފިޒުކަމުގެ ސަނަދު ހޯދާ މީހުންނަށް 50،000ރ.

ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ އއ. ތޮއްޑޫގެ ރައްޔިތުންނަށް 50،000ރ. ދޭން އެ ރަށު ކައުންސިލުން ފާސްކޮށްފި އެވެ.

ކައުންސިލުން ބުނީ ފައިސާ ހަމަޖައްސާނީ ކެމްޕޭން ވައުދާ އެއްގޮތަށް ކައުންސިލްގެ ރައީސް އަހުމަދު ކަރަމްގެ ފަރާތުން 25,000ރ. އާއި ބާކީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ހޯދައިގެންނެވެ. އެގޮތަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލްގެ 36 ވަނަ ޖަލްސާގަ އެވެ.

ތޮއްޑޫ ކައުންސިލުން ބުނި ގޮތުގައި ހާފިޒުކަމުގެ ސަނަދު ނަގާ އެ ރަށު މީހުންނަށް ފައިސާގެ ބޮޑު އިނާމެއް ދޭން ނިންމީ އެކަން ކުރަން ގިނަ ބަޔަކަށް ހިތްވަރުދީ ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ ގޮތުންނެވެ.

އެގޮތުން ކައުންސިލާ ގުޅިގެން ހިފްޒު ކުލާހެއް ކުރިއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކާ އެކު އެއްބަސްވުން ހަދައި ކުލާސްތައް ކުރިއަށް ގެންދަން ކައުންސިލުން ފާސްކޮށްފައި އެވެ. މީގެ އިތުރުން ތޮއްޑޫ އިނާރާ މިސްކިތް މަރާމާތުކުރުމަށް ކައުންސިލުން 15،000ރ. ދޭން ވެސް ފާސްކުރި އެވެ.