Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ރޮނާލްޑޯ ފޯނެއް ހަލާކުކުރި މައްސަލައެއް ބަލަނީ

މިދިޔަ ހޮނިހިރު ކުޅުނު ކުޅެ ބަލިވި މެޗެއް ނިންމާލައި ދަނޑު ފައިބައިގެން ދިއުމުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޭނެއްގެ ފޯނު ޖަހައި ގަނެ، އެ ހަލާކުކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައފި އެވެ.

އެ ހާދިސާއާ ބެހޭ ގޮތުން މާސީސައިޑްގެ ފުލުހުން ބުނީ އޯލްޑް ޓްރެފޯޑްގައި އެވަޓަން އަތުން މެންޗެސްޓާ ކުޅެ 1-0 އިން ބަލި މެޗަށް ފަހު ހިނގި އެ ހާދިސާގެ ވީޑިއޯ ފުޓޭޖް ވެސް ބަލައި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާއާ ބެހޭ އިތިރު އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންނަށް ގުޅުއި އެކަން ހިއްސާކޮށްދޭން މާސީސައިޑް ފުލުހުން ފޭސްބުކާއި ޓްވިޓާގައި ވެސް އެދިފައިވެ އެވެ.

ފޯނެއްގެ ފޯނު ހަލާކުރެވުނު މައްސަލާގައި ރޮނާލްޑޯ ފަހުން ސޯޝަލް މީޑިއާގައި މައާފަށް ވެސް އެދުނެވެ. އޭނާ ބުނީ އެ އަމަލު ހިންގުނީ މެޗުން ބަލިވުމުގެ މާޔޫސީއާ އެކި މާ ބޮޑަށް ޖަޒުބާވެގެން ކަމަށާއި އެއީ ސަޕޯޓަރަކަށް ނުވަތަ ފޭނަކަށް ގެއްލުމއް ދޭން ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

"އަހަރެމެންނަކީ ޒުވާނުންނަށް ނަމޫނާއަކަށް ވެސް ވާން ޖެހޭ ބައެއް. މައާފަށް އެދެން އަހަރެންގެ ފަރާތުން ދިމާވި ކަންތަކާ ހެދި." ޕޯޗްގަލްގެ ތަރި ބުންޏެވެ.

ރޮނާލްޑޯ ހަލާކުކުރީ ޖޭކް ހާޑިން ކިޔާ 14 އަހަރުގެ އެވަޓަންގެ ސަޕޯޓަރެއްގެ ފޭނެވެ.

މިކަމާ ބެހޭ ގޮތުން މެންޗެސްޓާ ޔުނައިޓެޑުން ބުނީ އެ ހާދިސާ އެ ކުލަބްގެ ސަމާލު ކަމަށް ވެސް އައިސްފައިވާ ކަމަށާއި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.