Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ސާފާރީތަކުން ނަގަން ނިންމި އަގު ކުޑަކޮށްފި

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް ފީއެއްގެ ގޮތުގައި 500 ޑޮލަރު ނަގަން ނިންމުމާ ގުޅިގެން އެ އިންޑަސްޓްރީގެ ފަރާތުން އަމާޒުވި ކަންބޮޑުވުންތަކާ ހެދި އަގު ކުޑަކޮށްފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ނިންމީ 100 ފޫޓަށް ވުރެ ބޮޑު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު (3،090ރ.) އަދި އެ އަށް ވުރެ ކުދި އެއްޗެހިން ދުވާލަކަށް 150 ޑޮލަރު (2,317ރ.) ނެގުމަށެވެ.

ކުރިން ބަނދަރަށް ވަންނަ ސަފާރީތަކުން ފީއެއްގެ ގޮތުގައި ނަގަމުން އައީ 50 ޑޮލަރު (772ރ.) އެވެ. އެކަމަކު އޭގެ 10 ގުނަ އަގު ބޮޑުކުރުމުން ކްރޫޒިން އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ. ނަމަވެސް އަގަށް މިހާރު ގެނައި ބަދަލާ އެކު ހިތްހަމަޖެހޭ ކަމަށް އިންޑަސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ފުވައްމުލަކު ކައުންސިލުން ބުނި ގޮތުގައި ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް ފީއެއްގެ ގޮތުގައި 500 ޑޮލަރު (7،725ރ.) ނަގަން ފާސްކުރީ ޖެނުއަރީ މަހުގެ 12 ގައި ބޭއްވި ކައުންސިލްގެ 33 ބައްދަލުވުމުގަ އެވެ. އަދި އެ އަގަށް ފީ ނަގަން ނިންމީ މި މަހުގެ 1 އިން ފެށިގެންނެވެ.