Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

ރޯދަ ރަހަ: ޗިލީ ޕޮޓޭޓޯ

* ބޭނުންވާ ތަކެތި:

1 ފިޔާ (ކޮށާފައި)
3 ލޮނުމެދު (ކޮށާފައި)
1 ދަޅު މަސް
1/2 ޖޯޑު ލީކްސް (ކޮށާފައި)
1/2 ޖޯޑު ކެޕްސިކަމް (ކޮށާފައި)
8 އަލުވި (ފެނުކައްކައި، ކިއުބްކޮށް ނުވަތަ ދިގުކޮށް ކޮށާފައި)
ރަހަލާ ވަރަށް ލޮނު
1 ގިތެޔޮ މިރުސް (ކޮށާފައި)
2 މޭޒުމަތީ ސަމުސާ ޓޯމާޓޯ ޕޭސްޓް
2 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
1 ސައިސަމުސާ މާމުއި

* ތައްޔާރުކުރާނެ ގޮތް:

ތެއްޔެއްގައި ތެޔޮފޮދު ހޫނުކޮށްފައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު މީރުކޮށްލާށެވެ. ދެން ކެޕްސިކަމާއި ލީކްސް ކޮޅު ވެސް އަޅައި މީރުކޮށްމަ ށްފަހު މަސްދަޅު އެޅުމަށް ފަހު އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް މިރުސްކޮޅު އަޅާލުމަށް ފަހު، ލޮނުހެޔޮވަރުކޮށް، ހު ޓޮމާޓޯ ޕޭސްޓް އަދި ސޯސްކޮޅު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާނީ އެވެ.

އެއަށް އަލުވިކޮޅާ އެކު މާމުއި ވެސް އަޅާލައި އެއްކޮށްލާނީ އެވެ. ދެން ސާވްކުރާ އިރު މައްޗަށް ސެސިމީ ސީޑްސްކޮޅެއް އަދި ސްޕްރިން އަނިއަންކޮޅެއް ކޮށާފައި ވެސް ބުރުވައިލެވިދާނެ އެވެ.