Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ހިތަދޫގެ ފުޓްސަލް ދަނޑެއް ހަދަން ބީލަމަށް

ހިތަދޫ އީދިގަލި ދަނޑު.

އައްޑޫ ހިތަދޫގެ ފުޓްސަލް ދަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ހިތަދޫ "ކަސަބާ ފުޓްސަލް ދަނޑު" ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި ބީލަން ޑޮކިއުމަންޓް ވިއްކާނީ މި މަހުގެ 18 އާ ހަމައަށެވެ.

ކައުންސިލުން ބުނި ގޮތުގައި ހިތަދޫގެ ކުރީގެ ހޮސްޕިޓަލް ސަރަހައްދުގައި އޮންނަ "ކަސަބާ ފުޓްސަލް ދަނޑު" ގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000ރ. ހުށަހަޅަން ޖެހޭނެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.

ބީލަން ހުޅުވާނީ މި މަހުގެ 28 ގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގަ އެވެ.

ހިތަދޫގެ ފުޓްސަލް ދަނޑެއް ހަދަން ބީލަމަށް ހުޅުވާލި އިރު، ހިތަދޫ ޒޯން ސްޓޭޑިއަމާ ދިމާލުން 2016 ގައި ހަދަން ފެށި ފުޓްސަލް ދަނޑެއްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ މި ހަފުތާގައި އެ އަވަށުގެ ކުލަބަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.