Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

އައްޑޫގެ ޖިންސީ ގޯނާ: ބަންދުގައި ހުރި މީހާގެ މައްސަލަ ބަލައިގެންފި

އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުންކުރި އަމުރު ބާތިލް ކުރަން ހައިކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.

ސްކޫލުގައި ކިޔަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހްމަތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިތަދޫއިން ހައްޔަރުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ އަމުރު ބާތިލް ކުރަން އަންހެން މީހާގެ ފަރާތުން ހައިކޯޓަށް ހުށައެޅީ މި މަހުގެ ހަ ވަނަ ދުވަހެވެ.

އެ އަންހެން މީހާ ބަންދުގައި ބަހައްޓާފައި އިނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގަ އެވެ.

ޖިންސީ ގޯނާކުރުމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިވާ އެ އަންހެން މީހާ ވަނީ ފްރޭމްމޮށްފައިކަމަށް އެމީހާގެ އާއިލާ މީހުންނާއި ބައެއް މީހުން ގެންދަނީ ބުނަމުންނެވެ. އެމީހާގެ ބަންދާމެދު ކަންބޮޑުވާ ފަރާތްތަކުން އެންމެ ބޮޑަށް ސުވާލު އުފައްދަނީ ކުޑަކުއްޖާގެ ބަހެއް ފުލުހުން ނުހޯދާ ކު ބަންދުކުރުމެވެ. އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ބަންދުކުރީ ކުޑަ އަންހެން ކުއްޖާގެ މަންމަ ފުލުހުންނަށް ދިން މައުލޫމާތުގެ މައްޗަށެވެ.

އެ މީހާ ބަންދުކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ވަނީ ބަލަން ފަށާފަ އެވެ.