Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ސަފާރީތަކުގެ އާ ފީ ނަގަން ފަށާނީ 21 އިން ފެށިގެން

ފުވައްމުލަކު ބަނދަރު ބޭނުންކުރާ ސަފާރީތަކުން ނަގަން ނިންމި އާ ފީ އަށް މި މަހުގެ 21 އިން ފެށިގެން އަމަލުކުރަން ނިންމައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އިއްޔެ ބޭއްވި ކުއްލި ޖަލްސާގައި ނިންމި ގޮތަށް މި މަހުގެ 21 އިން ފެށިގެން 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް ނަގާނީ 150 ޑޮލަރު ކަމަށާއި 100 ފޫޓަށް ވުރެ ބޮޑު ސަގާރީތަކުން ދުވާލަކަށް ފީއެއްގެ ގޮތުގައި ނަގާނީ 200 ޑޮލަރު ކަމަށެވެ.

ސަފާރީތަކުން ނަގާ ދުވަހު ފީ ކައުންސިލުން ކުޑަކުރީ މި މަހުގެ 1 އިން ފެށިގެން ފީއެއްގެ ގޮތުގައި 500 ޑޮލަރު ނަގައި ނިންމައި އެއަށް އަމަލުކުރަން ނިންމުކަން ހާމަކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ކްރޫޒް ޓޫރިޒަމް އިންޑަސްޓްރީގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ކުރިން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް ފީއެއްގެ ގޮތުގައި ނަގަމުން އައީ 50 ޑޮލަރެވެ.