Last Updated: June 29, 21:20
Monday, June 29, 2026
ސިޔާސީ

ހިތަދޫ ތިން ދާއިރާއެއްގެ ކެމްޕޭން އޮފީސް ހުޅުވުން މިރޭ

ސ. ހިތަދޫގެ ތިން ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑެޓުންގެ މާލެ އޮފީސް މިރޭ ހުޅުވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބުނީ މިރޭ 9:15 ގައި ޗާނދަނީ މަގު ޖަލާލުއްދީން މިސްކިތް ކައިރީ ހުޅުވާ ޖަގަހަ ހުޅުއްވައިދެއްވާނީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާއިން އެމްޑީޕީ ޓިކެޓްގައި ވާދަކުރަނީ ހިތަދޫ އެމްޓޭޝަންގެ އަލީ ނިޒާރުއެވެ. ނިޒާރު އާއި އެކު އެދާއިރާއިން މިހާރު އެދާއިރާ ތަމްސީލު ކުރައްވާ ހަސަން ލަޠީފް ޖޭޕީ ޓިކެޓްގައި ވާދަކުރާނެއެވެ. އަދި އެދާއިރާއިން ހިތަދޫ ކައްބާބުގޭ، ޑރ. އަލީ ޝަރީފްވެސް ވާދަކުރައްވައެވެ.

ހިތަދޫ މެދު ދާއިރާއިން ވާދަ ކުރަނީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީއެވެ. ޕީޕީއެމްގެ ފަރާތުން ހިޔަލީ ނިކުންނަވާ އިރު އަމިއްލަ ގޮތުން ހުސެއިން ސާލިހް އެދާއިރާއިން ވާދަކުރައްވައެވެ.

ހިތަދޫ އުތުރު ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު އަސްލަމް ވާދަކުރައްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަލްއުސްތާޒު އަލީ އިބްރާހިމް އާއިއެވެ.