Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ރޯދަ ރަހަ: ކެޝޫނަޓް ޗިކެން

* ބޭނުންވާ ތަކެތި:

500 ގްރާމް ޗިކަން ބްރެސްޓް (ހަންގަނޑާ ނުލއި)
3 ބެލް ޕެޕާ
1 ކެރެޓު
¼ ޖޯޑު ސޮޔާ ސޯސް
¼ ޖޯޑު ޗިކަން ސްޓޮކް
5 ތޮޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)
1 ޖޯޑު ކެޝޫ ނަޓްސް
1 ފިޔާ
4 ލޮނުމެދު
3 މޭޒުމަތީ ސަމުސާ ތެޔޮ
1/3 ލުނބޯ

* ތައްޔާރުކުރާނެ ގޮތް:

ފިޔާކޮޅު، ގާތްގަނޑަކަށް ފޮއްޗެއްގައި އިންޗިއެއްހާ ފުޅާމިން ހުންނާނެ ވަރަށް ކޮށާލާށެވެ. އަދި ލޮނުމެދާއި މިރުސްކޮ ޅުވެސް ކުދިކޮށް ކޮށާލާށެވެ. ކުކުޅުކޮޅު ވެސް އިންޗީގެ ގޮޅިތަކެއްގެ ބައްޓަމަށް ކޮށާލާށެވެ. ދެން

ކެރެޓާއި ބެލްޕެޕާތައް ފުޅާމިނުގައި އިންޗިއެއް އަދި ދިގުމިނުގައި ދެ އިންޗި ހުންނަ ވަރަށެވެ.

އެއަށް ފަހު ބޮޑު ތެއްޔެއް އުދައި އޭގެ ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާށެވެ. އެ ހޫނުވުމުން ކެޝޫ ނަޓްތައް އަޅާލައި، އެއަށް ރަން މުށި ކުލައެއް އަރަންދެން ދޭތެރެ ދޭތެރެއިން ހަލާލަމުން ކައްކާށެވެ. ރަނގަޅަށް ކުލަ އެރުމުން ތައްޓަކަށް ނަގާށެވެ.
މެދުމިންވަރެއްގައި ގިނި ބެހެއްޓުމަށްފަހު ތަވަޔަށް ބާކީ ހުރި ތެޔޮކޮޅު އަޅާލައި އެ ރަނގަޅަށް ހޫނުވުމުން ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. އަދި ކުކުޅުކޮޅުގެ ފިޔާތޮށިކަން ކެނޑި ބޭރުފުށަށް މުށިކުލަ އަރަން ފަށަންދެން ކައްކާށެވެ. ދޭތެރެ ދޭތެރެއިން ފުށުން ޖަހާލާށެވެ.

ކުކުޅު ކެކުމުން ފިޔާކޮޅު އަޅާލައި ފިޔާކޮޅު މަޑުވަންދެން ކައްކާށެވެ. އެނދިޔަ ނުދިނުމަށްޓަކައި ދޭތެރެއަކުން ހަލާލަން ވާނެއެވެ. ދެން ލޮނުމެދުކޮޅު އަޅާލާފައި ތިރީހަކަށް ސިކުންތު ކައްކާލާށެވެ. ގިނި ގަދަކޮށްލުމަށް ފަހު، ބާކީ ހުރި ހުރިހާ އެއްޗެއް އަޅާލާށެވެ. ސޯސް ގަނޑު އޮލަ ކޮށްލަން ބޭނުންނަމަ ދެ ސައިސަމުސަލެއްގެ ކޯންފްލާ ކޮޅެއްވެސް އަޅާލެވިދާނެ އެވެ.

ދެން އަވަސް އަވަހަށް ދޭފަތުން ހަލަމުން ދެތިން މިނިޓެއް ވަންދެން ކައްކާލާށެވެ. ރަހަ ހެޔޮވަރު ވާވަރަށް ލުނބޯ ހުތްކޮޅު ފިތާލާ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އޭރުން ކެޝޫނަޓް ޗިކެން ތައްޔާރުކޮށްލެވުނީ އެވެ.