Last Updated: June 27, 11:22
Saturday, June 27, 2026
ޚަބަރު

ސަރަހައްދީ އެއާޕޯޓްތަކުން އެއާޕޯޓް ޓެކްސް ކުޑަވާން ޖެހޭ

ރާއްޖޭގެ ސަރަހައްދީ އިންޓަނޭޝަނަލް އެއާޕޯޓްތަކުގެ ހިދުމަތްތައް ރަނގަޅުކުރަން ބޭނުންވާ ނަމަ އެފަދަ އެއާޕޯޓްތަކުން ނަގާ އެއާޕޯޓް ޓެކްސް ކުޑަވާން ޖެހޭނެ ކަމަށް މުހައްމަދު ފިރާގް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް އަންނަ ބޭރުގެ ބައެއް އެއާލައިންތަކުގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ އިނަ މޯލްޑިވްސް ފިރާގު ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ އިންޓަނޭޝަނަލް އެއާޕޯޓްތައް ކަމަށްވާ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރާއި ހަނިމާދޫ އަދި މާމިގިލީ އެއާޕޯޓުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ އެއްވަރަށް އެއާޕޯޓް ޓެކްސް ނެގުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"…ވަރަށް ފަހުން ގެނެވުނު އެއާޕޯޓް ޓެކްސް [ޕެސެންޖަ ސާވިސް ޓެކްސް] ގެ ގާނޫނު ބުނާ ގޮތުން މާލެ އެއާޕޯޓާ އެއްވަރަށް ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ފުރާ އިންޓަނޭޝަނަލް ޕެސެންޖަރުންގެ އަތުން ޓެކްސް ނަގަނީ އެއް އަދަދަކުން." އިނަ މޯލްޑިވްސް އާއި އޭސް އޭވިއޭޝަންގެ ވެރިޔާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ވީއައިއޭ އެއްވަރަށް ސަރަހައްދަކީ އެއާޕޯޓްތަކުން ޓެކްސް ނަގާ އިރު، ހިދުމަތްތަކުގައި ވެސް ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށެވެ.

"ހިދުމަތްތަކަށް ބަލާލިޔަސް ވަރަށް ތަފާތު ފެންވަރެއްގައި މާލެ ނޫން އެހެން ސަރަހައްދީ އެއާޕޯޓްތަކުގައި ހިދުމަތް ދެމުން ގެންދަނީ." ފިރާގު ވިދާޅުވި އެވެ.