Last Updated: June 13, 11:32
Saturday, June 13, 2026
ޚަބަރު

އައްޑޫގެ ޖިންސީ ގޯނާ: އިސްތިއުނާފު އަޑުއެހުން މިއަދު

ހައިކޯޓު-- ފޮޓޯ: ނިޝާން އަލީ/މިހާރު

އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި މިއަދު ތާވަލުކޮށްފިއެވެ.

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހްމަތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިތަދޫއިން ހައްޔަރުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެ އަންހެން މީހާ ބަންދުގައި ބަހެއްޓުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 13:00 ގައެވެ.

މި މައްސަލައިގައި އެ އަންހެން މީހާ ފްރޭމްކޮށްފައިވާ ކަމަށް ބުނެ އައްޑޫގައި މުޒާހަރާތައްވެސް ކޮށްފައިވެއެވެ. އަދި އެ އަންހެން މީހާ ދޫކޮށްލުމށް ގޮވާލާ ވެސް އަޑުއުފުލާފައިވެއެވެ.

މިމައްސަލަ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ. އެގޮތުން މިކަމާ ގުޅުންހުރި އިދާރާތަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.