Last Updated: May 19, 20:07
Sunday, May 19, 2024
ޚަބަރު

އެޖެންޑާ ފާސްނުކޮށް އައްޑޫ ކައުންސިލް ޖަލްސާ ހުއްޓުވައިފި

އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 46 ވަނަ ޖަލްސާ ފެށުމާއި އެކު ޖަލްސާގެ އެޖެންޑާ ފާސް ކުރުމަށް 6 ކައުންސިލަރުން ދެކޮޅު ހަދައި ޖަލްސާ ހުއްޓުވައިފިއެވެ.\

އައްޑޫގެ މޭޔަރ އަލީ ނިޒާރު ރިޔާސަތު ބަލަހައްޓަވުން ގެންދެވި ޖަލްސާގައި ޖަލްސާ ފެށުމުގެ ގޮތުން 2022 ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ހުށަހެޅުމުން 6 މެމްބަރުން ވަނީ އެޖެންޑާ ފާސް ކުރުމަށް ވޯޓު ދޭން ދެކޮޅު ހަދާފައެވެ. އެއީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު އާއި މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރުގެ އިތުރުން ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ ތިން ކައުންސިލަރުންކަމަށްވާ ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ އާއި މާދެލަ ދާއިރާގެ ކައުންސިލަރު ފައިސަލްގެ އިތުރުން މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާއެވެ. އަދި ހިތަދޫ ބޭރުމަތި ދާއިރާގެ ކައުންސިލަރު މަރިޔަމް ސައީދާއެވެ.

ޖަލްސާގެ އެޖެންޑާ ފާސް ކުރުމަށް ވޯޓު ދެއްވީ ކައުންސިލަރު ހުސެއިން ޒަރީރު، އަހުމަދު ސައީދު އަދި ކައުންސިލަރު ހާލިދާގެ އިތުރުން ކައުންސިލަރު ޝިނާޒު އަދި ކައުންސިލަރު އަދާލާއެވެ. ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުއް ރަހްމާން ހުންނެވީ ޗުއްޓީގައެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާ ފާސް ކުރުމަށް ކައުންސިލަރުން ދެކޮޅު ހެދުމުން މޭޔަރ ނިޒާރު ވިދާޅުވީ ޖަލްސާގެ ލައިވް ކަނޑާލައި އެޖެންޑާ ފާސް ކުރުމަށް ބޭނުން ނުވީ މައްސަލައަށް މަޝްވަރާ ކުރުމަށް ބޭނުންކަމަށް ވިދާޅުވެފައެވެ.

މޭޔަރގެ ވާހަކަ ތަކާއި ގުޅިގެން ޑެޕިއުޓީ މޭޔަރ ވިދާޅުވީ ޖަލްސާގެ އެޖެންޑާ ފާސް ކުރަން ބޭނުން ނުވީ ކައުންސިލްގައި ހުރި މައްސަލަތައް ހައްލު ނުކޮށް ޖަަލްސާ ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ. އެގޮތުން ޑެޕިއުޓީ މޭޔަރ އާއި އެކު ވޯޓު ނުދިން ކައުންސިލަރުން ބޭނުންވަނީ ކައުންސިލްގެ ޖަލްސާގެ އިދާރީ މޭޒުން ކައުންސިލްގެ އެސްޖީ މުހައްމަދު ޝުޖާއު ދުރުކުރުމަށެވެ.

މިއަދުގެ އެޖެންޑާއަށް ވޯޓު ނުދިން ކައުންސިލަރުންނަކީ އެސްޖީ ޝުޖާއުގެ އިތުބާރު ނެތްކަމަށް ވޯޓު ދިން ކައުންސިލަރުންނެވެ.

އައްޑޫ ކައުންސިލްގެ މިއަދުގެ ޖަލްސާ ހުއްޓުވި އިރު މިދިޔަ އާދީއްތަ ދުވަހު ބޭއްވި އައްޑޫ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 7 ވަނަ ކުއްލި ޖަލްސާ ފެށުމުގެ ކުރިން މަރަދޫ ދާއިރާގެ ކައުންސިލަރު ވަނީ އެ ދުވަހުގެ ޖަލްސާގެ އިދާރީ މޭޒުގައި އެސްޖީ ޝުޖާއު ހުރުމުން މައްސަލަ ޖައްސާފައެވެ. ނާދިރު ވިދާޅުވީ ކައުންސިލުން އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ ނިންމުން ބަދަލު ކުރެވޭނެ މުވައްސަސާއެއް ރާއްޖޭގައި ނޯންނާނެކަމަށެވެ.

ޖަލްސާ މެދުކަނޑާލުމަށް ފަހު އަދިވެސް މޭޔަރ ނިޒާރު ކައުންސިލަރުންނާއި ވާހަކަ ދައްކަމުން އަންނަ އިރު ޖަލްސާ ފެށޭނެ އިރެއް ސާފެއް ނުވެއެވެ.

ތަފްސީލް އަންނަނީ….