Last Updated: April 19, 19:29
Friday, April 19, 2024
ރިޕޯޓް

ރޯދަ ރަހަ: ޗިކެން ކްލަބް ޕާސްޓާ ސެލަޑް

* ބޭނުންވާ ތަކެތި:

1 ޕާސްތާ ބޮނޑި
¾ ޖޯޑު އިޓާލިއަން ސްޓައިލް ސެލަޑް ޑްރެސިން
¼ ޖޯޑު މަޔޮނައިޒް
2 ޖޯޑު ކުކުޅު (ކޮށާފައި)
1 ޖޯޑު ޗީޒް (ދިޔާ)
1 ޖޯޑު ބީންސް
1 ޖޯޑު ސެލެރީ (ކޮށާފައި)
1 ޓޮމާޓޯ (ކޮށާފައި)
1 ޖޯޑު ގްރީން ބެލް ޕެޕާ (ކޮށާފައި)
1 އެވޮކާޑޯ (ކޮށާފައި)


* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތެއްޔެއްގައި ލޮނު ހެޔޮވަރުކޮށް ޕާސްޓާކޮޅު ފެނު ކައްކާށެވެ. ގާތްގަނޑަލަށް 10-12 މިނެޓާ ދެމެދު ކައްކަން ވާނެއެވެ.

އެއަށް ފަހު ބޮޑު ތައްޓަކަށް އިޓާލިއަން ސްޓައިލް ޑްރެސިން އާއި މަޔޮނައިޒް އަޅާ އެއްކުރާށެވެ. ދެން އޭގެ ތެރެއަށް ކުކުޅާއި ޗީޒް، ސެލެރީ، ބެލް ޕެޕާ، ބީންސް، ޓޮމާޓޯ އަދި އެވޮކާޑޯ އާއި ކުކުކޮޅު އަރައި ރަނގަޅަށް އެއްކޮށްލާނީ އެވެ.