ރައީސް އިބްރާހީމް މުހައްމަދި ސޯލިހާއި ފަސްޓްލޭޑީ ފަޒުނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި އެވެ.
ދެ ބޭފުޅުން ރޭ ފުރާވަޑައިގެންނެވި ނަމަވެސް ދަތުރާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ނުދެ އެވެ. ރައީސް ދާދި ފަހުން ސިންގަޕޫރްގައި ތައިރޮއިޑް އޮޕަރޭޝަނެއް ވެސް ކުރެއްވި އެވެ. އެހެންވެ މި ދަތުރަކީ އެ އޮޕަރޭޝަނާ ގުޅިގެން ކުރައްވާ ފޮލޯއަޕް ދަތުރެއް ކަމަށް ބެލެވެ އެވެ.
ރައީސްގެ އޮފަރޭޝަނަށް ފަހު މިދިޔަ މަހުގެ ތެރޭގައި ފުވައްމުލަކާއި އައްޑު އަށް ވެސް ވަޑައިގެންނެވި އެވެ.