Last Updated: April 28, 09:50
Sunday, April 28, 2024
ޚަބަރު

އެމްއީސީގެ ގުރުއާން މުބާރާތް ފަށައިފި

އެމްއީސީ ގުރުއާން މުބާރާތުގައި ބައިވެރިއަކު ކިޔަވަނީ

މީދޫ އެކުވެރިންގެ ޗެއިން (އެމްއީސީ) އިން އިންތިޒާމްކޮށްގެން ބާއްވާ ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.

ދެ ދުވަހުގެ ނިޔަކަށް ކުރިއަށްދާ މި މުބާރާތް ކުރިއަށްދާނީ މިއަދާ މާދަމާ ބައިވެރިން ކިޔަވާ ގޮތަށެވެ. މި މުބަރާތުގައި ޖުމްލަ 62 ބައިވެރިން ކިޔެވުމަށް ހަމެޖެހިފައިވެ އެވެ. މުބާރާތް ކުރިއަށްދާނީ ހަ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބަލައިގެން އަދި ނުބަލާ ކިޔެވުމުގައި ހިމަނާފައިވެ އެވެ.

އެމްއީސީ ގުރުއާން މުބާރާތުގައި ކިޔެވުމަށް ދަރިވަރުން ބެލެނިވެރިންނާއެކު ހާޒިރުވެ

މުޅި މުބާރާތުގެ އެއްވަނަ ބައިވެރިއަކަށް އިނާމެއް ގޮތައް ހުށައަޅާފައިވަނީ އުމުރާ ދަތުރެކެވެ. އަދި އެހެން ވަނަތަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.

މިއީ އެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައި ބާއްވަން ނިންމި ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.