އަންނަ ހޯމަ ދުވަހު ފާހަގަކުރާ ދިވެހި ޑޮކްޓަރުންގެ ދުވަހާ ގުޅުވައިގެން މަސް ރޭހެއް ބާއްވައިފި އެވެ.
މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ޑޮޮކްޓަރުންނަށް ހާއްސަކޮށްގެން ބޭއްވި މަސް ރޭހުގައި ހަ ޓީމެއް ވާދަކުރި އެވެ. އަދި ރޭސް ކާމިޔާބުކުރީ ރެސްޕިރޭޓަރީ ޑިޕާޓްމެންޓްގެ "ޓީމް ގިލްސް" އެވެ.
އެމްއެމްއޭ އިން ބުނީ މަސް ރޭހަކީ ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަން އެ އެސޯސިއޭޝަނުން ހިންގާ ހަރަކާތުގެ ތެރެއިން ޑޮކްޓަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެއްދުމުގެ މަގްސަދުގައި ބޭއްވި ރޭހެއް ކަމަށެވެ. އަދި އަލަށް ބޭއްވި ރޭހަށް ޑޮކްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް ބުންޏެވެ.
Congratulations to the 6 teams who took part in the 1st fishing competition held to celebrate our upcoming National Doctors Day. A special congratulations to the winning team, Team Gills, Dr Aineeza of Hyperfishermia for the biggest fish & Dr Ina for catching the most no of fish. pic.twitter.com/dlUQfrJ79c
— Maldivian Medical Association (@mma_mv) April 15, 2022
މަސް ރޭހުގެ އިތުރަށް ޑޮކްޓަރުންގެ ދުވަހާ ގުޅުވައިގެން ރޯދަ މަހު ދީނީ ކުއިޒެއް ވެސް ކުރިއަށް ގެންދަން ރާވާފައިވެ އެވެ. މީގެ އިތުރުން ޑޮކްޓަރުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން "ބިގެސްޓް ލޫޒާ" ގެ ނަމުގައި ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.
Thank you to everyone for all the support and help. Our cosponsors; Enzi and Mediquip Maldives, Fisheries Ministry, Malé city council, STELCO, IGMH estate department, Excom, the organising team and our enthusiastic participations. We look forward to more of these events.
— Maldivian Medical Association (@mma_mv) April 15, 2022
ޑޮކްޓަރުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތައް މާލޭގައި ބޭއްވި ނަމަވެސް އެމްއެމްއޭ އިން ބުނީ އަމާޒަކީ އުންމީދަކީ އަންނަ އަހަރު އަތޮޅުތެރޭގައި ވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމަށެވެ.