ރޯދަ ދޫކޮށްލައި އާންމު ތަނެއްގައި ކައިބޮއި ހަދައިގެން މާލޭން ހައްޔަރުކުރި ދެ މީހަކު ޝަރުތުތަކަކާއެކީ ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ 39 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ދެ މީހުން ވެސް ވަނީ ރޯދަ ދޫކޮށްލައި އާންމު ތަނެއްގައި ކައިބޮއި ހެދި ކަމަށް އިއުތިރާފުވެފައެވެ. އަދި ދެ މީހުން ވެސް ކޯޓުގައި ބުނީ އެ މީހުން ދުވާލު ގަޑީގައި ކެއީ ބަލިވެއުޅޭތީ ކަމަށެވެ.
މި ދެ މީހުންގެ ފަރާތުން ވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ސަބަބެއް ނެތް ކަމަށް ބުރަވެވޭތީ ކޯޓުން ވަނީ ދެ މީހުން ވެސް ޝަރުތުރުކޮށް ދޫކޮށްލައިފައެވެ.