އައްޑޫލައިވް އިން އިންތިޒާމްކޮށްގެން ހިތަދޫ ބެޑްމިންޓަން އެރީނާގައި ބާއްވާ "އައްޑޫލައިވް ރޯދަ ސްމޭޝް" މުބާރާތުގެ ކުއާޓާފައިނަލް މެޗުތައް މިރޭ ފެށުމަށް ހަމަޖެހިއްޖެ އެވެ.
އެގޮތުން މިރޭ ފެށުމަށް ހަމަޖެހިފައިވަނީ މެންސް ޑަބަލްސް އިވެންޓުގެ ކުއާޓާ މެޗުތަކެވެ. މެޗުތައް ފަށާނީ މިރޭ 9:30 ގަ އެވެ. މި މެޗުތައް އައްޑޫލައިވް ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގައި މެންސް ޑަބަލްސްގެ އިތުރުން ވިމެންސް ޑަބަލްސް އަދި މިކްސްޑް ޑަބަލްސް މެޗުތައް ވެސް ކުރިއަށްދާނެ އެވެ. މި މުބާރާތުގައި އައްޑޫގައި މި ވަގުތު ތިބި އެންމެ ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން ވާދަކުރެ އެވެ.
މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 2،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރައަޕް ޓީމަށް 1،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.