Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެސްޓީއޯގެ ކާޑު ފެކްޓަރީ އަންނަ އަހަރު އޮޕަރޭޝަނަށް

އެސްޓީއޯ އިން ހދ. ކުޅުދުއްފުށީގައި ހަދަން ނިންމާފައިވާ ކާޑު ފެކްޓަރީ އަންނަ އަހަރު މެދުތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ފުށާއި ހަނޑޫ ބަންދުކުރަން ހަދަން ނިންމާފައިވާ ފެކްޓަރީ އަާށް މިހާރު ވަނީ ބިން ވެސް ޖެހިފަ އެވެ. އެހެންވެ އެތަނުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް ވެސް އަންނަނީ ތައްޔާރީތައްވަމުންނެވެ.

މިކަމާ ބެހޭ ގޮތުން އަމްރު ވިދާޅުވީ ކުޅުދުއްފުށިން ކާޑު ފެކްޓަރީ އަށް ބިން ހަމަޖެހުނަސް އަދި ރަސްމީކޮށް ބިން ހަވާލުނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ފެކްޓަރީ ހެދުމުގެ މަސައްކަތް ބޭރުގެ ބަޔަކާ ހަވާލުކުރުމުގެ ވިސްނުންތަކެއް އެބަހުއްޓެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ރާއްކޭގައި ފުށާއި ހަނޑޫ ބަންދުކުރަން ފެށުމުން އެ ތަކެތި ގިނަ ދުވަހަށް ރައްކާ ވެސް ނުކުރެވޭ ކަމަށެވެ. ކާޑުގެ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ އިރު، ރާއްޖޭން ބޭރުން އެ ގެނެސްދޭން ރައްކާކުރަން ޖާގަ ދަތިކަމާއި ބޮޑެތި ސްޓޮކްތަކުން ގެނައުމުން ހަލާކުވާ މައްސަލަ ވެސް ބޮޑު ކަަމަށް އެ ކުންފުނިން ބުންޏެވެ.

އަމްރު ވިދާޅުވީ ކާޑު ފެކްޓަރީ އަކީ އެއްވެސް ގޮތަކަށް ވިޔަފާރި އުސޫލުން ފައިދާ ހޯދަން އެސްޓީއޯ އިން ކުރާ ކަމެއް ނޫން ކަމަށާއި, މިއީ ރައްޔިތުންނަށް ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ކުރެވޭ މަސައްކަތެއް ކަމަށެވެ.