ހުޅުމާލޭގައި އިއްޔެ ވަޅިން ހަމަލާދީ ބިދޭސީއަކު މަރާލުމަށްފަހު ފިލައިގެން އުޅުނު ޕާކިސްތާނު މީހާ ހައްޔަރުކުރީ ހުޅުމާލެ ފޭސް 2 ގެ ބީޗުން ކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި އިއްޔަ ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރެސްޓޯރެންޓްގެ ޝެފް މުހައްމަދު އާބިދު، 26 އަހަރެވެ.
ޕާކިސްތާނުގެ ފިރިހެންމީހާގެ ހައްޔަރާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް2 ގެ ބީޗު ސަރަހައްދުން ކަމަށެވެ.
މިމައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.