ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ "އިހުޔާ ފޯރަމް" ގެ ތެރެއިން މިރޭ މާލޭގައި ބާއްވާ ފޯރަމްގައި ޝައިހް މުހައްމަދު އަނީލް ވެސް ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިނިސްޓްރީން ބުނީ "އެންމެ ރީތި ވާހަކަ" މައުޟޫއަށް ބާއްވާ ފޯރަމްގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އައްޑު އަށް ނިސްބަތްވާ ޝައިހް އަނީލުގެ އިތުރުން ޝައިހް ނިމާލު މުހައްމަދު ވެސް ވާހަކަ ދައްކަވާނެ އެވެ.
1443 ވަނަ އަހަރުގެ އިޙްޔާ ފޯރަމްގެ 7 ވަނަ ޕްރޮގްރާމް
މައުޟޫޢު : " އެންމެ ރިވެތި ވާހަކަ"
🎙އަލްއުސްތާޛް މުޙައްމަދު އަނީލް، އައްޝައިޚް ނިމާލް މުޙައްމަދު
📍އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް
⏰ގަޑި: 21:30
🗓️16 އެޕްރީލް 2022 (އާދީއްތަ)#އިޙްޔާ#ރޯދަ1443 pic.twitter.com/zoMUIcmxYQ— Ministry of Islamic Affairs (@MVIaffairs) April 17, 2022
މިރޭގެ ފޯރަމް 9:30 ގައި ފަށާ އިރު ޓީވީއެމާއި ވީޓީވީން ލައިވްކުރާނެ އެވެ.
އިސްލާމިކް މިނިސްޓްރީން މި ފަހަރު ފޯރަމް ކުރިއަށް ގެންދަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ސަރަހައްދުތަކުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫން ފޯރަމް ގެނެސްދިން އިރު، މިދިޔަ ހަފުތާގައި ކުޅުދުއްފުށިން ފޯރަމް ގެނެސްދިނެވެ. އަދި ކުރިއަށް ހުރި ފޯރަމްތައް ފުވައްމުލަކާއި ރ. ދުވާފަރުން ވެސް ގެނެސްދޭނެ އެވެ.