Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

މުޒާހަރާއާ ގުޅިގެން ސައީދާއި ޣައްސާން ފުލުހަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޣައްސާން އަދި ސައީދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން "ނޭވާހޮޅިއަށް" ނަމުގައި ބޭއްވި މުޒާހަރާ އާއި ގުޅިގެނެވެ.

އެގޮތުން ޣައްސާނަށް މިރޭ 10:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގިއިރު، ސައީދުއަށްވަނީ މިރޭ 09:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ.

އެ މުޒާހަރާގެ ތެރެއިން ސައީދާއި ޣައްސާން ހައްޔަރުކޮށްފައިވެއެވެ. އަދި ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކޯޓުން އެ ދެ ބޭފުޅުން ދޫކޮށްލާފައިވަނީ ޝަރުތު ކުރުމަށްފަހުއެވެ.