Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

އައްޑޫލައިވް ރޯދަ ސްމޭޝް: ފިރިހެން ޑަބަލްސް ކުއާޓާ މެޗުތައް ނިމިއްޖެ

އައްޑޫލައިވްއިން އިންތިޒާމްކޮށްގެން ހިތަދޫ ބެޑްމިންޓަން އެރީނާގައި ކުރިއަށްދާ "އައްޑޫލައިވް ރޯދަ ސްމޭޝް 2022"ގެ ފިރިހެން ޑަބަލްސް ކުއާޓަރ ފައިނަލް މެޗުތައް ރޭ ނިމިއްޖެއެވެ.

ރޭ ކުޅެވުނު ފޯރިގަދަ ކުއާޓަރ ފައިނަލް މެޗުތަކިުގެ ތެރެއިން ފުރަތަމަ ކުޅުނު މެޗުގައި ނާތިޖު އަލީ އާއި ޒިޔާދުއްﷲ ވަނީ އަހުމަދު ލުޠުފީ އާއި އިފްޒާލް ބައްދަލުކޮށް މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެެވެ.

ރޭގެ ދެވަނަ ކުއާޓަރ ފައިނަލް މެޗުގައި ފައްވާޒު އާއި ނަޝީދު ބައްދަލު ކުރީ ދިނޭޝް އާއި އަންޝާދު އާއިއެވެ. މިމެޗުގެ ދެވަނަ ސެޓުގައި ފައްވާޒުއަށް އަނިޔާވެ މެޗު ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައވެ. އެހެންވެ މެޗު ލިބުނީ އަންޝާދު އާއި ދިނޭޝްއަށެވެ.

ރޭގެ ކުއާޓަރ ތިން ވަނަ މެޗުގައި އިބްރާހިމް މުހައްމަދު އާއި ފަޒީލު ނިކުތީ ޖޯޖު އާއި ރާޝިދު އާއި ދެކޮޅަށެވެ. މެޗު ގެންދިޔައީ އިބްރާހިމް އާއި ފަޒީލުއެވެ.

ރޭގެ ކުއާޓަރ ފަހު މެޗުގައި ބައްދަކު ކުރީ ޝިފާއު، ޝިނާޒުގެ ޕެއާ އާއި މެތިއު އަދި ޕްރަސާންތުގެ ޕެއާއެވެ. 2-1 ސެޓުން މެޗު ގެންދިޔައީ ޝިފާއު، ޝިނާޒުގެ ޕެއާއެވެ.

މުބާރާތުގައި މިރޭ ކުޅޭނީ އަންހެން ކުއާޓަރ މެޗުތަކެވެ. 9:30 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އަޖްމީ،ޝީޒާ އާއި ޔަސްމަން،ޝިތުނާއެވެ.

މިރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ އުޝްވާ އާއި މިންނަތު އަދި ޚަދީޖާ އާއި އާމިނަތު ނަސީރުއެވެ. މިރޭގެ ތިން ވަނަ ކުއާޓަރ މެޗުގައި ވާދަކުރާނީ އާސިމާ، މަފާޒާ އަދި ސޯނިޔާ އަދި ފާޠިމަތުގެ ޕެއާއެވެ.

މާދަމާ ރޭ ކުޅެވޭނީ މުބާރާތުގެ މިކްސްޑް ޑަބަލް ކުއާޓަރ މެޗުތަކެވެ.

އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 2،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރައަޕް ޓީމަށް 1،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.