Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ރިސޯޓެއްގައި މޫދަށްއެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އދ. އަތޮޅުގެ ރިސޯޓެއްގައި މޫދަށްއެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 12:11 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި ފަރުވާދެމުން ދަނިކޮށް އެމީހާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.

ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.