Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މިރޭގެ "އިހުޔާ ފޯރަމް" ދުވާފަރުން

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ "އިހުޔާ ފޯރަމް" ގެ ތެރެއިން މިރޭ ރ. ދުވާފަރުން ފޯރަމް ގެނެސްދޭން ނިންމައިފި އެވެ.

މިނިސްޓްރީން ބުނީ އެ ރަށުން ގެނެސްދޭ ފޯރަމްގެ މައުޟޫ އަކީ "އީޖާބީ ވިސްނުން" ވިސްނުން ކަމަށާއި ފޯރަމްގައި ތަގުރީރުކުރައްވާނީ ޝައިޚް އަބްދުﷲ ރަޝީދާއި ޝައިޚް މުހައްމަދު ޝިފާން ކަމަށެވެ. މި ފޯރަމް ގެނެސްދޭނީ ދުވާފަރު ސްކޫލުން މިރޭ 9:30 ގަ އެވެ. އަދި ފޯރަމް ޓީވީއެމުން ލައިވްކުރާނެ އެވެ.

ކުރީ އަހަރުތަކާ ހިލާފަށް އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މާލޭގެ އިތުރުން އަތޮޅު ތެރެއިން "އިހުޔާ ފޯރަމް" ގެނެސްދޭން ފަށައިފަ އެވެ. އެގޮތުން މިހާރު ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫން ވެސް ފޯރަމް ގެނެސް ދީފައިވެ އެވެ.

އަތޮޅު ތެރެއިން ބާކީ ފޯރަމް ދެން ގެނެސްދޭން އޮތީ ފުވައްމުލަކުންނެވެ.