ކ. މާފުށީ ޖަލުގެ ޖާގަ ބޮޑުކުރަން ނިންމައި އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ހޯމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ޖަލަށް އިތުރުކުރަމް ބޭނުން ވަނީ 50 ގޮޅީގެ އެއް ޔުނިޓް ކަމަށާއި އޭގެ ކޮންސެޕްޓް ޑިޒައިނިން އާއި ޑީޓެއިލް ޑްރޯވިންގެ މަސައްކަތްކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޝައުގުވެރިވާ ފަރާތްތަކުން ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހެ އެވެ. މި އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ އެވެ.
މާފުށީ ޖަލުގެ ޖާގަ ބޮޑުކުރަން ނިންމި އިރު މި ވަގުތު ބަންދުކުރެވޭ މީހުންގެ ޖަލުގެ ގޮތުގައި ބޭނުން ކުރަނީ އެ ޖަލުގެ އިތުރުން މާލޭ ޖަލާއި ހުޅުމާލެ ޖަލާއި ހިންމަފުށީ ޖަލެވެ. އަދި މި ހަތަރުގެ ޖާގަ އަކީ 1،300 އެވެ. އަދި މި ޖަލުތަކުގައި ވެސް މިހާރު ވެސް ޖާގަ އަށް ވުރެ އިތުރަށް މީހުން އެބަ ތިއްބެވެ.