ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެކަމަށް ފޭދޫ އޮފީހުން ބުނެފި އެވެ.
ފޭދޫ އޮފީހުގެ އިސްއޮފިޝަލަކު ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު ފްލެޓްތަަކަށް އެދި 116 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވި އިރު ގިނަ ބަޔަކު ފޯމް ލާން ބޭނުންވެ، ބައެއް މައުލޫމާތު ފުރިހަމަ ނުވާތީ އިތުރު މުއްދަތުދިނުމަށް އެދުމުން ދިން ފުރުސަތު މާދަމާއަށް ހަމަވާނެކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފޭދޫގެ ހައުސިން ޔުނިޓްގެ ކަންކަން މިހާރު ކުރިއަށްގެންދަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ސިޓީ ކައުންސިލާއި ގުޅިގެން ކަމަށެވެ.
ފޭދޫގެ ދެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ހައުސިން ޔުނިޓްތަކުގެ ޑައުން]ޭމަންޓް ވަނީ 19،000 ރުފިޔާއަށް ދަށްކޮށްފައެވެ. އަދި މަހު ފީ އުޅެނީ 3000 ރުފިޔާއަށެވެ.