Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ބޮޑުހިލަ ގެންގޮސްފި

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމަށް ބޭނުންވާ ބޮޑުހިލަ ގެންގޮސްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 13 އޭޕްރީލް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 255 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.