Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އެމްއޭސީއެލްގެ އެމްޑީއަކަށް މަހުޖޫބު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަހުޖޫބު ޝުޖާއު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފައި ވަނީ އެމްއޭސީއެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމަށް މަހްޖޫބް ޝުޖާއު، ހ.ރަނުވިއަ އައްޔަންކޮށްފައިވާ ކަމަށެވެ.

މަހްޖޫބް މީގެ ކުރިން ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ކުރިން ހުންނެވީ ގޯޑަން އެންޑްރޫ ސްޓުވާޓްއެވެ. އެ މަގާމުން އެންޑްރޫ ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ މަހު 10 އެވެ.