ކޮންމެ އިންސާނެއްގެ ޙަޔާތަކީ ވެސް ފޮތެކެވެ. އެ ފޮތް އޭނާއަށް ޤިޔާމަތްދުވަހުން ފެނިގެން ދާނެ އެވެ. އޭގައި، އޭނާ ކުރި ހުރިހާ ކަމެއް ވެސް ލިޔެވިގެން ވާނެއެވެ. އަދި، އޭނާ އަށް އަމުރުކުރެވޭނެ އެވެ. ކިޔާށެވެ! މިއޮތީ ތިބާގެ ފޮތެވެ. މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާނެ މީހަކަށް ތިބާގެ އަމިއްލަ ނަފްސު ފުދެ އެވެ.
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. ﱡﭐ ﲎ ﲏ ﲐ ﲑ ﲒ ﲓﲔ ﲕ ﲖ ﲗ ﲘ ﲙ ﲚ ﲛ ﲜ ﲝ ﲞ ﲟ ﲠ ﲡ ﲢ ﲣ ﲤ ﱠ (الإسراء 13-14) މާނައީ:" އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ ޢަމަލު، އޭނާގެ ކަރުގައި ތިމަން ﷲ އެޅުއްވީމެވެ. އަދި ޤިޔާމަތްދުވަހުން، ތިމަން ﷲ އެމީހަކަށް ފޮތެއް ނެރުއްވާ ހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ޙާލުގައި، އޭނާ ދެކޭނެތެވެ. (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސު ފުދެއެވެ."
ތިބާގެ ފޮތަކީ ރީތި ވާހަކަތަކެއް އޭގައި އެކުލެވިގެންވާ ފޮތެއް ކަމުގައި ހެދޭތޯ މަސައްކަތްކުރާށެވެ. ހެޔޮ ޢަމަލެއް ނޫނީ އޭގައި ނުލިޔާށެވެ. މާތް ﷲ އެއްކައުވަންތަކޮށް، ޙަޔާތުގެ މަޤްޞަދަކީ އެކަލާނގެ ރުއްސެވުން ހޯދުންކަމުގައި ހަދާށެވެ.
ތިބާގެ ދިރުމާއި މަރުވުން، އެއީ، އެ އިލާހަށް ޓަކައި ވާ ކަމެއް ކަމުގައި ހަދާށެވެ. މައިންބަފައިންނާއި، ތިމާގެ މީހުންނަށް ހެޔޮ ފޯރުވާށެވެ.
ނިކަމެތިންނާއި، މިސްކީނުންނާއި، ކުޑަކުދިންނާއި މުސްކުޅިންނަށް އޯގާތެރިވާށެވެ. ތިބާގެ ޙަޔާތަކީ ކެތްތެރިކަމާއި، ޤުރުބާނީ އާއި ޝުކުރުން ފުރިގެންވާ ޙަޔާތެއް ކަމުގައި ހަދާށެވެ.
އިސާހިތަކު މި ވަގުތު ނިމިދާނެއެވެ. ދެން ފެންނާނީ އެ ފޮތެވެ. އެއީ އުފާވެރިކަން ތިބާއަށް ލިބިގެން ދާނެ ފޮތެއް ކަމުގައި ހަދާށެވެ. އެހެން މީހުންނަށް ދައްކައި، މި އޮތީ އަހުރެންގެ ފޮތޭ، މި ފޮތް ކިޔައިބަލާށޭ ބުނެވޭ ކަހަލަ ފޮތަކަށް ހަދާށެވެ. ކާނަތުން ލިބޭ ފޮތަކަށް ހަދާށެވެ.
މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. ﭐﱡﭐ ﲈ ﲉ ﲊ ﲋ ﲌ ﲍ ﲎ ﲏ ﲐ ﲑ ﲒ ﲓ ﲔ ﲕ ﲖ ﲗ ﲘ ﲙ ﲚ ﲛ ﲜ ﲝ ﲞ ﲟ ﲠ ﲡ ﲢ ﲣ ﲤ ﲥ ﲦ ﲧ ﲨ ﲩ ﲪ ﲫ ﲬ ﱠ ( الحاقة 19-24)
މާނައީ: "ފަހެ، އެ މީހެއްގެ ފޮތް، އެ މީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، އެ މީހާ ބުނާނެތެވެ. މި އޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފޮތް ކިޔައިބަލާށެވެ! ހަމަކަށަވަރުން، ތިމަންގެ ޙިސާބާ ކުރިމަތިލާން ޖެހޭނެކަން ތިމަންނާއަށް ޔަޤީންވިއެވެ. ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. (އަންގަވާނެތެވެ.) އަރާމު ލިބެނިވި ގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ސަވާބެއްގެ ގޮތުންނެވެ."
ނޯޓް: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ. ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަފީއުގެ މިފަދަ އާޓިކަލްތައް ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ.