އިންޑިއާ އިން ރާއްޖޭގެ ސިފައިންނަށް ބައެއް ތަކެތި ހަދިޔާކުރަން ހަމަޖެހިފައިވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.
އަބަދު ވެސް އެކި ދާއިރާތަކުން ރާއްޖެ އަށް ބޮޑެތި އެހީތައް ވެދެމުން އަންނަ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާ އިން ސިފައިންގެ ދެ ކޯސްޓްގާޑަކަށް ބޭނުންވާ ތަކެތި ހަދިޔާކުރަން ހަމަޖެހިފައިވެ އެވެ.
އެގޮތުން "އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ" އާއި " އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ކާމިޔާބު" އަށް ބޭނުންވާ ބައެއް އިކްޕްމަންޓްސް މިއަދު ހަދިޔާކުރާނެ އެވެ. މިކަން ހާމަކޮށްފައި ވަނީ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް ހަރީ ކުމާރު މި މަހުގެ 17 އިން މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.
Extremely pleased to receive Chief of Naval Staff of India, Admiral R. Hari Kumar on his official visit to Maldives. Looking forward to the many high-level meetings planned for this much awaited visit. pic.twitter.com/9yuQJHHT3r
— Maj. Gen. Abdulla Shamaal (@CDFofMNDF) April 18, 2022
މި ދަތުރުގެ ތެރެއިން އޭނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި އެމްއެންޑީއެފްގެ ލީޑރޝިޕާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމެއް ވެސް ހަމަޖެހިފައި އެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާ ޗީފް އޮފް ނޭވަލް ސްޓާފްގެ މި ދަތުރުގެ ސަބަބުން، ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.
މި ވަގުތު އިންޑިއާގެ މަނަވަރެއް ރާއްޖޭގައި އެބައޮތެވެ.