Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ދެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޒުވާނަކު ހައްޔަރަށް

އުތުރުގެ ރަށެއްގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 13 އަހަރާއި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓްކުރީ މިދިޔަ މަހުގެ 27 ގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ޒުވާނާ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި ބަންދަށް 10 ދުވަސް ވެސް ޖަހާފައިވާ ކަމަށް ބުންޏެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ރިޕޯޓްކުރާ މައްސަލަތައް ގިނަ އެވެ.